Sun Online

ރީބްރޭންޑް ކުރުމަށް ސަން މީޑިއާ ވަގުތީގޮތުން ހުއްޓާލަން ނިންމައިފި

ސަން މީޑިއާ ގްރޫޕުގެ ދަށުން ހިންގާ "ސަން އޮންލައިން" ނޫހާއި "ސަން ޓީވީ" ޗެނަލް އަދި "މޯލްޑިވް އައިލެންޑްސް" މަޖައްލާގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމީ، ސަން މީޑިއާ ގްރޫޕުގެ ދަށުން ހިންގާ އޮންލައިން ނޫހާއި ރޭޑިއޯ އަދި ޓީވީގެ ވަސީލަތްތަކުގެ ހިދުމަތާއި ފެންވަރާއި ކޮންޓެންޓު ރަނގަޅުކޮށް، އެ ހިދުމަތްތައް އަމާޒުކުރެވޭ ފަރާތްތަކަށް މިހާރަށްވުރެ މަގުބޫލު ވަސީލަތްތަކަކަށް ހަދައި، ރީބްރޭންޑުކޮށް އަދި ރީލޯންޗުކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާތީއެވެ. ސަން މީޑިއާގެ ތަފާތު ވަސީލަތްތަކުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަނީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ތެރެއިން، އެކަން އަންގަންޖެހޭ އިދާރާތަކަށް އަންގައި، އަދި ހުއްދަ ހޯދަންޖެހޭ އިދާރާތަކުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

ސަން މީޑިއާގެ ތަފާތު ވަސީލަތްތަކުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލިނަމަވެސް، އެކި ފަރާތްތަކާއެކު ސަން މީޑިއާއިން ހަދާފައިވާ އެއްބަސްވުންތަކުން ލާޒިމުކުރާ ކަންކަމަށް ސަން މީޑިއާއިން އިޙްތިރާމްކުރާނެއެވެ. އަދި، މިޙާލަތާގުޅިގެން، އެއެއްބަސްވުންތަކާމެދު އަމަލުކުރަންޖެހޭ އުސޫލުތަކަށް އަމަލުކުރާނެއެވެ.

މިފުރުސަތުގައި ސަން މީޑިއާގެ ތަފާތު ވަސީލަތްތަކުގައި ޚިދުމަތްކޮށްދެއްވި އެންމެހާ މުވައްޒަފުންގެ އަގުވަޒަންކޮށް އެއިން ކޮންމެ ބޭފުޅަކަށްމެ ވަކިވަކިން އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި ސަން މީޑިއާގެ ތަފާތު ވަސީލަތްތަކުގެ ޚިދުމަތް ހޯއްދަވަމުން ގެންދެވި ކިޔުންތެރީންނާއި ބެލުންތެރީންނާއި އެހުންތެރީންނަށް ވެސް، އެބޭފުޅުން ދެއްވި ތަރުޚީބާއި ތާއީދަށާއި ތަރުޙީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

ޝުކުރިއްޔާ

5 ސެޕްޓެމްބަރު 2018

Sun Media Group to rebrand; halts operations

Sun Media Group has decided to temporarily halt its operations in order to undergo a rebranding.

Under this decision, Sun Online, Sun TV and Sun Media Group's travel and tourism publication Maldive Islands will cease its operations ad interim.

Sun Media Group's decision to temporarily stop operations comes due the requirement of adequate time for the rebranding. During this period, Sun Media Group will be further developing the quality of its products and content.

Sun Media Group's operations will be relaunched on a later date.

In this opportunity, Sun Media Group wishes to thank every individual who contributed their hard work and efforts to make the group's products successful.

Sun Media Group also thanks the group's valued readers, listeners and viewers for trusting and supporting our efforts to provide the public with fast and reliable news and infotainment content through Sun Online, Sun TV and Maldive Islands magazine.

SMG
DB released 01.